ޕީސީބީއަށް ރައީސް އައްޔަން ކުރެއްވި މެންބަރު ފާތިމަތު ޝިރުވީން

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ.ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ސަލާހާ، ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަލާހާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.

ފާޠިމަތު ސަލާހާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ފާޠިމަތު ޞަލާޙާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ މެންބަރެކެވެ.

ސަލާހާ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މީގެ ކުރިން ސަލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމު އަދާކުރައްވާފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް އޭނާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *