ނައީމާ ދިރިއުޅުނު ގެ ހުންނަނީ ބަހާފަ. އޭނާ ދިރިއުޅުނީ މަގާ އެންމެ ކައިރީގައި ހުންނަ ބައިގައި

ނ. މަނަދޫން ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގަށް ފުލުހުން ބައެއް މީހުންގެ ޑީއެންއޭ ނަގަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ވަނީ އިއްޔެގެ  ވަގުތެއްގައި ނައީމާ ދިރިއުޅުނުގޭ ކައިރި ދިރިއުޅޭ ބައެއް މީހުންގެ ޑީއެންއޭ އަދި އިނގިލީގެ ނިޝާން ނަގައިފައެވެ.

ނައިމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައިއެވެ.

ނައީމާގެ މަރުގެ ފަހަތުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވާކަން  ފާހަގަކުރެވޭތީ ފުލުހުން ދަނީ ނައީމާގެ މަރު އިތުރަށް ތަހްގީގު ކުރަމުންނެވެ.

ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *