ރައީސް ސޯޅިހުގެ ކެމްޕެއިން ޖަލްސާގައި ރޮޒެއިނާ ވާހަކަފުޅު ދައްކަވަނީ

އިއްޔެ ބޭއްވި ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ  ނަތީޖާއިން ފެނިގެން ދިޔައީ މުޅި ރާއްޖެވެސް ރައީސް  އިބްރާހިމް މުހައްމަދު ޞާލިހް ބަލައިގެންފައިވާ ކަމުގެ އަލިގަދަ  މިސާލެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ ކެންޑިޑޭޓް އިބްރާޙިމް ޝާޒް  ކާމިޔާބުކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި ރޮޒައިނާ ވަނީ، އެގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް އަށް  މަރުހަބާ ކިޔުއްވައިފައެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގެ ނަތީޖާއަކީ މުޅި ރާއްޖޭންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލައިގެންފި ކަމުގެ އަލިގަދަ ހެއްކެއް  ކަމަށެވެ. އަދި، ރިޔާސީ އިންތިހާބުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އިއްޔެ ވާދަވެރިކޮށް ކުރިއަށްދިޔަ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ސައްހަ ވޯޓުގެ ތެރެއިން 1346 ވޯޓުންނެވެ. އެއީ 50 ޕަސެންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *