ކޫއްޑޫގައި މަސްނުކިރި ގިނަ ދޯނިތައް ކިއުގައި. ފޮޓޯ: ޒުވާން މަސްވެރިޔާ

3 ރަށެއްގައި މަސް ފިނިކުރެވޭނެ ނިޒާމް  ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ، ގއ.ކޫއްޑޫ، ކ.ކަނޑުއޮތްގިރި އަދި މ.މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

ތިން ލޮޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ލޮޓް އެކެއްގައި ހިމެނެނީ ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އާއި ޕަވަރ އިމްޕްރޫވްމަޓްގެ މަސައްކަތެވެ. ލޮޓް ދޭއްގައި ހިމެނެނީ ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިން ފެސިލިޓީގެ މަސައްކަތެވެ. ލޮޓް ތިނެއްގައި  ހިމެނެނީ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ލޮޓް އެކަކަށް 35،000 ޑޮލަރު ނުވަތަ 539،700 ރުފިޔާ އަދި ލޮޓް ދޭކަށް 16،000 ޑޮލަރު ނުވަތަ 246،720 ރުފިޔާ އަދި ލޮޓް ތިނަކަށް 12،000 ޑޮލަރު ނުވަތަ 185،040 ރުފިޔާ ދައްކަންޖެހެއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މި މަޝްރޫއުގެ ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 12 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *