ތިން ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކެއް  އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ހަވާލުކޮށްފައިވަނީ ވެހިކަން ބިލްޑާސްއާ އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރުއެެވެ. ވެހިކަން ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދުއެެވެ.

 މާއެނބޫދޫގައި ގާއިމުކުރާ ކުނި މެނޭޖްކުރާ ސެންޓަރުގެ  އެޅުމަށް  4,320,102.60 ރުފިޔާ  ހަރަދުވާއިރު ތިމަރަފުށި ގެ މަސައްކަތަށް  5,013,360.12 ރުފިޔާ އަދި ގުރައިދޫގެ ގެ މަސައްކަތަށް  4,407,480.00 ރުފިޔާ ހަރަދުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު ނިމުމުން އެ ތިން ރަށުގައިވެސް ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ތިން ރަށުގެ މަޝްރޫއުވެސް ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް  ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *