ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް -- ފޮޓޯ: މަޖިލިސް

ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކެއް އެބަކުރެވޭ ކަމަށާއި، އެ މަސައްކަތުގައި އެމްއެމްޕީއާރްސީ އާއި ޓުއަރިޒަމް މިނިސްޓްރީ ބައިވެރިވެއްޖެނަމަ ވަރަށް ފުޅާ ދާއިރާއެއްގައި އެކަން ކުރެވިދާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ، ސްޕޯޓް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ބޮޑަށް މިހާރު މި ކުރާ ކަމަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުން. މިދިޔަ އަހަރު އެކަނި 9 ބައިނަލް އަގްވާމީ މުބާރާތެއް ބޭއްވިން. މިއަހަރުވެސް މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެން ވޮލީ ބޯޅައިގެ ދެ މުބާރާތެއް ބާއްވައިފިން. މިމަހު 22 ގައި ދުނިޔޭގެ އެންމެ ޓޮޕްގައި ތިބި 16 ބިލިއާޑް ކުޅުންތެރިން ރާއްޖެ އައިސްގެން ރާއްޖޭގެ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް ބާއްވާ މުބާރާތެއް"

މި ހުރިހާ މުބާރާތްތަކެއްގެ ތެރެއިން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރެވިގެން ދާ ކަމަށާއި، މިއަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސް ހަފްލާއަކީވެސް އޭގެ މިސާލެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑް ހަފްލާއަކީ 55 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރީޗްވެވިފައި އެބަހުރި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *