ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޤަރާރުގެ ދަށުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު މިން ކުރާނެ އާލާތް މިނސްޓްރީ އޮފް އެންވަޔަރަމެންޓްގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް އާއި ހަވާލު ކޮށްފިއެވެ.

މި ތަކެތި ހަވާލު ކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި މޯލްޑިވްސް ކަސްޓަމްސް އާއި ދެމެދު މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖެ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު އަންސަރު އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ، މުޙައްމަދު މާނިޢުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ދަށުން ޕްލާސްޓިކު ކޮތަޅުގެ ބޯމިން ބެލުމަށް ހަވާލު ކުރެވޭ އާލަތްތަކަކީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކޮށްފައިވާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅުގެ ބޯމިން ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ޗެކް ކުރުމަށް ބޭނުން ކުރެވޭނެ އާލަތްތަކެއް ކަމަށެވެ.

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަވާލު ކުރެވޭ އާލަތްތައް ބޭނުން ކޮށްގެން ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކު ކޮތަޅުތަކުގެ ބޯމިން ޗެކް ކުރުމުގެ އިތުރުން ޕްލާސްޓިކު ކޮތަޅުގެ ބޯމިނުގެ އެކި ސައިޒުތަކުގެ ރިކޯޑް ކޮށް ބެލެހެއްޓުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މި ޑޭޓާ ރިކޯޑުކޮށް ބެލެހެއްޓުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެ ވަމުންދާ ޕްލާސްޓިކު ކޮތަޅުގެ ސައިޒު ދެނެގަނެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *