މޯލްޑިވިއަންގެ ބޯޓަށް ފުރަން މީހުން އެރުން - ފޮޓޯ؛ މޯލްޑިވިއަން

ޓިކެޓް އަގުބޮޑުކުރި މައްސަލާގައި މޯލްޑިވިއަން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންގެ އިސްވެރިން ހާޒިރުކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ)އަށެވެ.

މޯލްޑިވިއަންގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައި ކޮމިޓީގެ ނައިބު މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ ދާދި ފަހުން ޓިކެޓްތަކަށް ގެނައި ބަދަލުތަކުގެ ސަބަބު އެނގުން މުހިންމުކަމަށް ވިދާޅުވެފައެވެ.

ޓިކެޓުގެ އަގު ބޮޑުކޮށްފަމިވަނީ ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ އެއާޕޯޓްތަކުގައި އެއާޕޯޓް ހޭންޑްލިން ޗާޖެސްތައް ބޮޑުކުރުމާއި ގުޅިގެންކަމަށް މޯލްޑިވިއަނުން ކުރިން ބުނެފައިވެއެވެ.

މީގެ ކުރިން 1،582 ރުފިޔާއަށް މާލެއިން އައްޑޫއަށް ކުރަމުން އައި ދަތުރު ދެން ކުރެވޭނީ 1،687 ރުފިޔާއަށެވެ. މޯލްޑިވިއަންއިން މީގެކުރިން މާލެއިން ކާޑެއްދޫއަށް 1،471 ރުފިޔާއަށް ދެވޭއިރު މިހާރު އެ އަގު ވަނީ 1،693  ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެވައުދާއި އެއްގޮތަށް ޓިކެޓުގެ އަގުތައް މީގެ ކުރިން ކުޑަކުރިނަމަވެސް، އަގުތައް މިހާރު މިވަނީ ކުރިއަށްވުރެވެސް ބޮޑުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *