ރ. މަޑުއްވަރީގައި ޕިކަޕަކުންޖެހި މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތުލިބޭ ގޮތުގައި ނިޔާވެފައިވަނީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ އެވެ.

ފުލުހުންބުނީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު، އޭގެ ފަހަތުގައި ހުރި މީހެއްގެ ގައިގަޖެހިގެން މިއަދުގެ މެންދުރުގެ ވަގުތެއްގައި ހާދިސާ އެއް ހިނގާފައިވާ ކަމަށެވެ.

އަދި މިހާދިސާގައި އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި ނިޔާވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *