އިރާނުގައި އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖު

ބުރުގާ ނާޅާ އަންހެނުން ދެނެގަތުމަށް އީރާނުގައި ކެމެރާ ހަރުކުރަން ފަށައިފިއެވެ.

އީރާނު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހެދުމާއި ބުރުގާ އެޅުމުގެ އުސޫލުތަކާއި ޚިލާފުވާ މީހުން ދެނެގަނެ ވަގުތުން އެމީހުންގެ ފޯނަށް މެސެޖް ދާނެއެވެ. އަދި އެއުސޫލު މުގުރާލުމަށް ފުރުސަތު ނުދޭނެކަމަށްވެސް ފުލުހުން ބުނެއެވެ.

ވަކި ވަކި ފަރުދުންނާއި ގްރޫޕްތައް ގުޅިގެން މިކަމާއި ދެކޮޅަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދޭނެކަމަށް އިރާނުން ބުނެއެވެ.

ބުރުގާ އެޅުމަށް މަޖުބޫރުކޮށްފައި އޮންނަ އޮތުމާއި އެގައުމުގެ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިއިހުތިޖާޖުތަކުގައި އެތައް ބަޔަކު މަރުވެފައިވެސްވެއެވެ. އަދި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުކުރާ މީހުންނަށް މަރުގެ ހުކުމް އަންނަނީ ތަންފީޒް ކުރަމުންނެވެ. އެކަށީގެންވާ މިންގަނޑަށް ހިޖާބުވެފައި ނެތްކަމަށް ބުނެ 22 އަހަރުގެ އަންހެނަކަށް އަނިޔާކޮށް އޭނާ މަރާލި މައްސަލައަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވެއެވެ. އިރާނުގައި އިޖުތިޖާޖުތައް ފެށިގެންދިޔައީ މިހާހިސާބުންނެވެ.

ބުރުގާ އެޅުމަށް މަޖުބޫރުކޮށްފައި އޮތުމާއި އެކަމަށް އަމަލުނުކުރާނަމަ ކުރަމުންދާ އަނިޔާތަކާއެކުވެސް ގިނަބަޔަކު އަންނަނީ އާންމު ތަންތަނުގައި ބުރުގާ ނާޅައި ހަރަކާތްތެރިވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *