މާތްވެގެންވާ ރަމަޟާން މަހު އަލް-އަޤްސާ މިސްކިތުގައި އަޅުކަންކުރަމުންދާ ފަރާތްތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ބޭއްވި އޯއައިސީ ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން- އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލުގެ ސިފައިން އަލްއަގްސާ މިސްކިތަށް ވަދެ، އެތަނުގައި އަޅުކަންކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާއާއި، މި މާތްވެގެންވާ ރަމަޟާން މަހު އަޅުކަންކުރާ ފަރާތްތަކަށް އަނިޔާވެ، އަލް-އަޤްސާ މިސްކިތަށް ގެއްލުންދިނުމާއި، އަދި އެ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯއައިސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިބައްދަލުވުމުގައި އޯއައިސީގެ މެންބަރު ޤައުމުތަކުން ވަނީ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށްދިނުމަށް އެދި، މި މައްސަލައާ ގުޅޭ ޤަރާރެއް ފާސްކޮށްފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުންދަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *