ނައީމާ ދިރިއުޅުނު ގެ ހުންނަނީ ބަހާފަ. އޭނާ ދިރިއުޅުނީ މަގާ އެންމެ ކައިރީގައި ހުންނަ ބައިގައި

ނައީމާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،  ނ.މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ ގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އިއްޔެ އިރުއޮއްސި 18:13 ހާއިރު، ފުލުހަށް އެކަން ރިޕޯޓް ކުރި ކަމަށެވެ. ފުލުހުން އެގެއަށް ގޮސް ނައީމާ  އުޅޭ ކޮޓަރީގެ ދޮރު ވައްޓާލުމަށްފަހު އެތެރެއަށް ވަތް އިރު، ކޮޓަރި ބިންމަތީގައި އަނިޔާތަކަކާއިއެކު ނައީމާ މަރުވެފައި އޮއްވާ ފެނުނު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ، ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ  ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އެމަރު ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިން  ޑިޕާޓްމެންޓްގެ ތަހްގީގު ޓީމަކާއި ފޮރެންސިކް ތަހްގީގް ޓީމެއް  މިހާރު މަނަދޫގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ  ބަޔާނުގައި ބުނެފައިވެއެވެ.

ނައީމާގެ ހަށިގަނޑުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު،  ޕޯސްޓްމޯޓަމެއް ހެދުމުގެ ބޭނުމެއް ނެތުމުން ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މިއަދު  ހަވީރު 17:20 ހާއިރު، ނައީމާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.

ފުލުހުން ވަނީ ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *