ގާސިމް މަރާލިކަމަށް ތުހުމަތުވާ އަދުހަމް މުހައްމަދު.

ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުހައްމަދުގެ މައްޗަށް މާދަމާ  ހުކުމް ކުރަން ނިންމައިފިއެވެ.

މާދަމާ ހެނދުނު 9:30 އަށް ހުކުމް ކަނޑައެޅުމުގެ  އަޑުއެހުން ތާވަލްކޮށްފައިވާއިރު، ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އުފުލި މި ދައުވާ އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ މަހުގެ 19 ގައެވެ.

ގާސިމް ހަސަންގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރެއެވެ. އޭނާ މަރާލާފައި އޮއްވައި ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ގާސިމަށް ހަމަލާދިނުމުގައި މަރާލުމުގެ ގަސްދެއް ނެތް ކަމަށް އަދުހަމް ބުނެފައިވާ އިރު، އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *