ބޮލީވުޑްގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން އާއިއެކު، "ވޯ2" އިން ސައުތު އިންޑިއަށް ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލު, ނަންދަމޫރީ ތަރަކަ ރާމާ ރާއޯ، މަޝްހޫރު ނަމުންނަމަ ޖޫނިއަރ އެންޓީއާރު ފެނިގެންދާނެ ކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ވަނީ ވޯ2 ގައި ޖޫނިއަރ އެންޓީއާރު ވެސް ހިމެނުމަށް ނިންމައިފައެވެ. ވޯ2 އަކީ ފިލްމު ވޯގެ ސީކުއެލްއެކެވެ. ވޯގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ރިތިކް ރޯޝަން، ޓައިގަރ ޝްރޮފް އަދި ވާނީ ކަޕޫރުއެވެ.

ޖޫނިއަރ އެންޓީއާރު މިއީ، ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. އެގޮތުން އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މިއަހަރު ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި އެވޯޑެއް ހޯދި އިންޑިއާ ސައުތު އިންޑިއާ ފިލްމު، އާރުއާރުއާރު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *