ހުޅުމާލެ

ހުޅުމާލޭގައި ތަރައްގީކުރާ ބައެއް ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވަނީ ބައެއް އިމާރާތްތަކުގެ ކޮންކްރިޓް މަސައްކަތް ނިމި ފިނިޝިން މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ތަރައްގީކުރާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީގެ ތެރެއިންނެވެ.

މި 4،000 ފްލެޓަށް ޖުމްލަ 20,697 ފޯމު ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށްދަނީ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތެވެ.

ސަރުކާރުން މަސައްކަތްކުރަނީ އޮގަސްޓް މަހުގެ ތެރޭގައި ބައެއް ފްލެޓްތައް މީހުންނަށް ހަވާލުކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *