މިނިސްޓަރ އަސްލަމް މިއަދުގެ ޖަލްސާގައި

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކުރަމުންދާތީ ދުވަހުން ދުވަހަށް އަޕްޑޭޓްތައް ބަލަމުންނުދާ ކަމަށެވެ.

ފޯމުތައް ބަލާ ދިރާސާކުރާ ކޮމެޓީން، އެކަން ނިމުމުން މިނިސްޓްރީއަށް އަންގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުގެ އިތުރުން ގިރާވަރު ހިއްކައިގެން އެތަންތަނުންނެވެ. އެގޮތުން ހުޅުމާލެއިން 1،000 ގޯތި  އަދި ގުޅީފަޅުން 2،000 ގޯތިދޭން ނިންމާފައިވާއިރު، ގިރާވަރުން ވެސް ދޭން ނިންމާފައި ވަނީ 2،000 ގޯއްޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *