ބައެއް ރަށްތަކުގެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ 38 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށެވެ.

ސީއެސްސީން އިއުލާންކޮށްފައިވަނީ ދެ ކެޓަރީގެ ސެކްރެޓަރީ ޖެނެރަލުން ހޯދުމަށެވެ.

އޭގެތެރެއިން ZV7-3 ކެޓަގަރީގެ ސެކްރެޓަރީ ޖެނެރަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި -/9300 ރުފިޔާ އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާ ލިބޭނެއެވެ. ZV7-4 ކެޓަގަރީގައި މުސާރައަށް -/8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސަށް -/6450 ރުފިޔާ ލިބޭނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން ހިމެނެއެވެ.

މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2023 އެޕްރީލް 13، ބުރާސްފަތި ދުވަހުގެ 13:00އެވެ.

ވަޒީފާއަށް އެދޭ ލިޔުންތައް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެނެ ކަމަށް ސީއެސްސީ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *