ފޮޓޯ: ވަގުތު

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށައިފިއެވެ.

ބަގީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒެވެ.

ބަގީގެ ޚިދުމަތުން އާންމު ދަތުރުތައް މިވަގުތު ހިލޭ ކުރެވޭނެއެވެ. މިވަގުތު ފައިސާ ނަގަމުންދާނީ ޕްރައިވެޓް ހަޔަރ ދަތުރުތަކަށް އެކަންޏެވެ. އާންމު ދަތުރުތަކުން އަގު ނަގަން ފަށާނީ ފިތުރު ޢީދަށްފަހުއެވެ.

ޕްރައިވެޓް ހަޔަރ ދަތުރުތަކަށް ނަގާ އަގުތައް

  • 4 ސީޓް ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓް ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

މުއިއްޒު ވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ވިލިމާލެއަށް ޒިޔާރަތްކުރާ އާންމުންވެސް ބަގީގެ ޚިދުމަތް ބޭނުންކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި މީހުން އަދި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގެ ޚިދުމަތް ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *