މާލެ އާއި ހުޅުމާލެ ދެމެދު ދަތުރުކުރާ ބަސް، ބަސް ހުއްޓިއެއްގައި -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ފޭސް 2 ގެ ދަރިވަރުންނަށް ސްކޫލް ބަސްތަކުގެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

ފޭސް 2 ގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ފޭސް 1ގެ ސްކޫލްތަކަށާއި މާލޭގެ ސްކޫލްތަކަށް އަންނަ ދަރިވަރުން ބަހުގައި ކޮޅަށް ތިބެންޖެހުމާއި ޖާގަ ނެތުމުގެ ސަބަބުން ޝެޑިޔުލްގައި ދެން އަންނަން އޮތް ބަހަށް މަޑުކުރަން ޖެހުމުން ދަރިވަރުން ސްކޫލަށް ގަޑިޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާތައް އިތުރުވެފައިވެއެވެ.

އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިޔާގައިވެސް ބެލެނިވެރިން ހިއްސާކޮށްފައިވެއެވެ.

އެމްޓީސީސީން ވަނީ ރޫޓް 6، 7 އަދި 8 ގެ ބަސްތަކުގެ އިތުރުން ހެނދުނުގެ ވަގުތުތަކުގައި ސްކޫލް ބަހުގެ އިންތިޒާމް ހަމަޖައްސާފައިވާނެކަން ހާމަކޮށްފައެވެ.

އެގޮތުން 08:05 ގައި ދަތުރުކުރުމަށް 07:50އިން ފެށިގެން ސްކޫލް ބަސް ތައްޔާރަށް އޮންނާނެކަމުގައި އެމްޓީސީސީން ބުނެއެވެ. މިބަސްތަކުގައި ކޮންމެ ދަރިވަރަކާއެކު އެއް ބެލެނިވެރިޔަކަށް ދަތުރުކުރެވޭނެއެވެ.

ރޫޓް 6ގެ ސްކޫލް ބަސް ދަތުރުކުރާނީ ފޭސް 2އިން ފޭސް 1ގެ ސިންތެޓިކް ޓްރެކް ސްޓޮޕް، އަމީން އެވެނިއު ސްޓޮޕް، ފްލެޓް 120 ސްޓޮޕަށް އެކަނިކަމަށް އެމްޓީސީސީން ބުނެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *