ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންތަކެއް/ ފޮޓޯ: މިހާރު

ދަރިވަރުންގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުރިއަށްދާނެއެވެ.

މިރޭގެ ފޯރަމްގެ މައުޟޫއަކީ "ޔޫރަޕުގެ ކުރިއެރުމުގައި މުސްލިމުންގެ ދައުރު" މިއެވެ.

އިޙްޔާ ފޯރަމް ކުރިއަށްގެންގޮސްދޭނީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނެވެ.

އިޙްޔާ ފޯރަމް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައި ރޭގަނޑު 21:30އިން ފެށިގެންނެވެ.

މިއީ ސްކޫލް ދަރިވަރުންނަށް ހުޅުވާލައިގެން، ދަރިވަރުންގެ ބައިވެރިވުމާއެކު އިޙްޔާ ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މިއީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާއިމެދު އޮންނަ ލޯބި އިތުރުކުރުވުމުގެ ނިޔަތުގައި ގެނެސްފައިވާ ބަދަލެކެވެ.

މިއަހަރުގެ އިޙްޔާ ފޯރަމްތައް އަތޮޅު ތެރޭގައިވެސް ކުރިއަށް ގެންދެއެވެ. މާލޭގައި 9 އިޙްޔާ ފޯރަމް އަދި އަރޮޅުތެރޭގައި 8 ފޯރަމާއެކު ޖުމްލަ 17 ފޯރަމެއް ކުރިއަށްގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *