ދިޕިކާ ޕަޑްކޯން އާއި ރަންވީރު ސިންހް އަށް ދަރިއެއް ލިބެން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ދިޕިކާ އިނީ މިވަގުތު އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.

ބަޖިއާރޯ މަސްތާނީގައި އެކުގައި ފެނިގެން ދިޔަ ދިޕިކާ އާއި ރަންވީރު ރައްޓެހިވެގެން 5 އަހަރު އުޅުމަށްފަހު ކައިވެނީ ކޮށްފައިވަނީ 2018 ވަނަ އަހަރެވެ.

ކައިވެންޏަށްފަހު އެކި ފަހަރު މަތިން ދިޕިކާ ބަނޑު ބޮޑުކަމަށް އަޑުތައް ފެތުރުނެވެ. އަދި ކައިވެންޏަށްފަހު މި ދެ ތަރިންގެ މެދުގައި މައްސަލަޖެހިގެން އުޅޭ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. އެހެންނަމަވެސް ހަފްލާތަކުން މި ދެ ތަރިން މިހާރުވެސް ފެންނަނީ އެކިގައެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރަންވީރު އަދި ދީޕިކާއަށް ދަރިއަކު ލިބެން އުޅޭ ކަމަށް އެދެމަފިރިންނާއި ގާތް ފަރާތަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *