ފޮޓޯ: ފޮރިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ތަސައްވަރާއި އެކު މިއަދު ރާއްޖެއަކީ ބައިނަލްއަޤްވާމީ ހުރިހާ ގައުމެއްގެ އެހީތެރިކަމާއެކު ތަރައްޤީގައި ކުރިޔަށްދާ ޤައުމެއް ކަމަށް ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިއަދު ފޮރިން މިނިސްޓްރީން ޗައިނާ އާއިއެކު ރާއްޖޭގެ ތަރައްޤީގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ރައީސް ސޯލިހުގެ ދުރު ވިސްނުންފުޅުތަކާއިއެކު ކުރައްވާ ކަންކަމުގައި ބައިނަލްއަގްވާމީ ބައިވެރިވުން ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި މިއަދު އެހީތެރިކަން ފޯރުކޮށްދެނީ ވަކި އެންމެ ގައުމަކުން ނޫން ކަމަށާއި، ހުރިހާ ގައުމެއްގެ އެހީތެރިކަންވެސް މިއަދު ރާއްޖެއަށް އެބަ އޮތް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަދި މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން މިއަދު ރާއްޖެއަކީ ދުނިޔެއާއި ލާ މެހިފައިވާ ގައުމެއް ކަމަށާއި، އެކަމުގެ ފައިދާ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ކުރަމުންދާ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑަން ބޮކިންގ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ހިއްސާދާރެއްކަމަށެވެ.

ތަރައްޤީގެ ޕްލޭންތައް ރޭވުމާއި، ދާރުލް އާސާރާއި ބްރިޖް މަރާމާތު ކުރުމާއި ހަތަރު ރަށެއްގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުގެ އަރިހުގެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޒިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *