ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ބަދަލުކޮށް ރީ ބްރޭންޑްކޮށްފި އެވެ.
އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް'ގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން 'ވިލާ ރިސޯޓްސް' އަށް ވަނީ ބަދަލުކޮށްފައެވެ.
ޕެރަޑައިސްގެ ނަން 'ވިލާ ނޮޓިކާ' އަށް އަދި ސަން އައިލެންޑްގެ ނަން ވަނީ 'ވިލާ ޕާކް' އަށް ވަނީ ބަދަލުކޮށްފައެވެ.
ޕެރަޑައިސް އަދި ސަން އައިލެންޑަކީ، މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓެވެ. ސަން އައިލެންޑް ހިންގަނީ، އދ. ނަލަގުރައިދޫގައިއެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓް ހިންގަނީ ކ. ލަންކަންފިނޮޅުގަ އެވެ.
ވިލާ ރިސޯޓްސްގެ މިސަބް ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ސަބް ބްރޭންޑަކަށް ތަފާތު ލޯގޯ އަކާއި ހާއްސަ ކުލަތަކަކާއި މުއާސަލާތު ކުރުމުގެ ތަފާތު ސްޓައިލްތަކެއް ކަނޑައަޅާފައިވެއެވެ.