ޕޭންކޭކްއަކީ ކޮންމެ ވަގުތަކުވެސް ކާލެވިދާނެ، ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. މިއީ ގޭގައި އާންމުކޮށް ހުންނަ ބާވަތްތަކުން، ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކުރެވޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ފުށް
  • 2 ސަމްސާ ހަކުރު
  • 2 ސަމްސާ ބޭކިން ޕައުޑަރ
  • 1/2 ލޮނު
  • 1 ޖޯޑު ކިރު
  • 2 ސަމްސާ ބަޓަރ (މެލްޓް ކޮށްފައި)
  • 1 ބިސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ފުށް، ބޭކިން ޕައުޑަރ، ހަކުރު، ލޮނު އެއްކޮށްލާށެވެ. އެއަށްފަހު ކިރު، ބަޓަރ އަދި ބިސް އަޅައިގެން މިކްސް ކޮށްލާށެވެ.

ޕޭންކޭކް ބޭނުން ސައިޒަކަށް ފިހެލެވޭނެ އެވެ. ތަވާގައި ތެޔޮ ފޮދެއް ނުވަތަ ބަޓަރ ކޮޅެއް ހާކާލުމަށްފަހު ތައްޔާރުކުރި ފުށްގަނޑު ސަމްސަލަކުން ތަވަޔަށް އަޅަމުންދާށެވެ. ޕޭންކޭކްގެ ދެފުށް މަޑު މުށި ކުލަ އަރަންދެން ފިހެލުމުން ރަނގަޅުވާނެއެވެ.

އާންމުގޮތެއްގައި މަޑު ގިނީގައި 2 މިނެޓުން ޕޭންކޭކްގެ އެއް ފުށް ރަނގަޅަށް ފިހެލެވޭއެވެ.

ޕޭންކޭކްއަކީ މާމުއި، މޭޕްލް ސިރަޕް، ނަޓެއްލާ، ޖޭމް، ބަޓަރ އަދި ޗޮކްލެޓް ސިރަޕާއި އެކި ވައްތަރުގެ މޭވާ ފަދަ ޓޮޕިންގތަކާއިއެކު ކާލަންވެސް މީރު އެއްޗެކެވެ.

ޕޭންކޭކް ފިހުމަށްފަހު ރަނގަޅަށް މަތިޖަހާ ބަންދުކުރެވޭފަދަ ތަށްޓެއްގައި ހަފްތާއެއްހާ ދުވަހު ފްރިޖްގައި ބެހެއްޓޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *