ކައިޒީންގެ އުފަންދުވަސް ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން)އަށް ވަކިން ޚާއްސަ ސެކިޔުރިޓީއެއް ދީފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިޔާގައި މަގްބޫލް ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް އުސްފަސްގަނޑު ސަރަހައްދުގައި ހަވާ އެރުވި ވަގުތު ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވިއެވެ.

އެވަގުތު އެސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވެފައިވެއެވެ.

އެހެންކަމުން ފުލުހުންގެ ޕަރސަނަލް ސެކިޔުރިޓީ ކައިޒީންއަށް ވަކިން ލިބެނީކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ބުނީ ކައިޒީންއަށް ވަކިން ޚާއްސަ ސެކިޔުރިޓީއެއް ފޯރުކޮށްދެމުން ނުދާކަމަށެވެ.

އެހެންނަމަވެސް އާންމު އުސޫލުން ގިނަ ބަޔަކު އެރޭ އެސަރަހައްދަށް ޖަމާވުމުން، އާންމުގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އުސްފަސްގަނޑުގައި ހަވާ އެރުވުމާއެކު ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފްއާއި ފުލުހުން ދީފައިވާ އެއްބާރުލުމަށް ކައިޒީން ޝުކުރު އަދާކޮށްފައިވެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *