ހަފްލާގައި ރައީސް ސޯލިހާއި މިނިސްޓަރ މައުސޫމް

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ތަމްސީލު ކުރައްވާ ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމްވެސް ހުންނެވީ ރައީސް ސޯލިހު އާއި އެކުގައި ކަމަށް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބު 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިންމެވި ނަމަވެސް ޑރ. މައުސޫމް ނިންމަވާފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހއ. ކެލާ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ޑރ. މައުސޫމް އަކީ ޑީއާރްޕީން ވަކިވެވަޑައިގެން ޖޭޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭނާ އަކީ ޤާސިމްގެ އަރިސް ބޭފުޅުންގެ ތެރެއިން ޖޭޕީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީން ބައެއް އިސް ބޭފުޅުން ވަކިވެވަޑައިގެން ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައިވާއި ޑރ. މައުސޫމް އަދި ޖޭޕީ އިން ވަކިވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު އެމަނިކުފާނު ވަނީ ޝޯޝަލް މީޑިއާގައި ރައީސް ސޯލިހާއި އެކު ހުންނެވި ފޮޓޯ ފުޅެއް ހިއްސާ ކުރައްވާފައެވެ.

މި ސަރުކާރުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހް އަދި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެންބެސެޑަރު ސޮބާހް ރަޝީދުވެސް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަށް ތާއީދު ކުރައްވާ ޖޭޕީ ވަކިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *