ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީން ދެ ބޭފުޅަކަށް ރުހުން ދީފިއެވެ.
ކޮމެޓީން ރުހުން ދީފައިވަނީ ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު 5143 ސޮފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫއަށެވެ.
މި ދެ ބޭފުޅުންގެ ނަންވެސް ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.
މިދެބޭފުޅުންގެ ތެރެއިން ބްރޯޑްކޮމްއަށް އައްޔަންކުރާނެ މެންބަރެއްގެ ނަން ފާސްކުރާނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.
ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަންކުރުމުގެ މަސައްކަތްކުރަމުންދަނީ މެމްބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ ދައުރުގެ މުއްދަތު ހަމަވާތީއެވެ.