ޖުމްހޫރީ ޕާޓީގެ ތެރޭގައި އޮތް އޮއިވަރުގެ ސަބަބުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބެނީ ގެއްލުންކަމަށާއި، ގައުމީ މަސްލަހަތު އިސްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމަވާ މިއަދުން ފެށިގެން ޖޭޕީން ވަކިވާ ކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހް ރަޝީދު ވިދާޅުވެއްޖެއެވެ.

ޖޭޕީން ވަކިވުމަށް ނިންމައި ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުވި ސިޓީފުޅުފައި ސޮބާހް ވިދާޅުވެފައިވަނީ ޕާޓީ ތެރޭގައި އޮތް އޮއިވަރުގެ ތެރެއިން ޕާޓީގެ އަމިއްލަވަންތަކަން ގެއްލެމުންދާ ކަމަށެވެ.

އެއާއެކު ގައުމުގެ މަސްލަހަތަށާއި، ޕާޓީއާއި ޕާޓީގެ ލީޑަރު ގާސިމަށް ކުރިމަތިވާ ގެއްލުންތައް ބަލައި ތަހައްމަލުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު އިޔާދަކޮށް ކުރިއަރުވައި، އުމްރާނީގޮތުންނާއި އިޖްތިމާއީގޮތުން ގައުމު ތަރައްގީކުރުމަށް ކުރާ މަސައްކަތް ދެމެހެއްޓުމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ސޯލިހަށް ކާމިޔާބުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް ސޮބާހް ވިދާޅުވިއެވެ.

"ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިޚާބުކުރުން މުހިންމުކަމަށް ދެކޭތީ ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމައިފިން"

ޕާޓީން މިވަގުތު ނިންމާ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލެމުންދާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކޮވިޑްގެ ހާލަތުން އަރައިގަނެ އިގްތިސާދީ ބޮޑެތި ކުރިއެރުން ހޯދާފައިވާކަމަށްވެސް ސޮބާހް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ޚާރިޖީ ގުޅުންތަކަށް މީގެ ކުރިން ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ޖޭޕީން ވަކިވުމަށް ޕާޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

މިސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮވެ ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރައްވަން ނިންމެވުމާއި ގުޅިގެން ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *