ގެސްޓަހައުސް އަދި ސަފާރީތަކަށް މާލީ އެހީގެ ގޮތުގައި އިތުރު 10.1 މިލިއަން ރުފިޔާ ދީފިއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަންގެ "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ދޫކުރި ފައިސާއެވެ. މި ފައިސާ ދޫކުރަން ފަށާފައިވަނީ ކޮވިޑްގެ ހާލަތާއެކު 2020 ވަނަ އަހަރުއެވެ.
އެހީއަށް އެދުނު ފަރާތްތަކުގެ ތެރެއިން 341 ގެސްޓްހައުސްއަކަށާއި 65 ސަފާރީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެހީ ދޫކޮށްފައިވަނީ ކޮންމެ އެނދަކަށް 1،614.44 ރުފިޔާ (އެއްހާސް ހަސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި) ގެ ރޭޓުންނެވެ.
ގެސްޓްހައުސްތަކުގެ 5،010 އެނދާއި ސަފާރީތަކުގައި 1،217 އެނދަށް ޖުމްލަ 10.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި އެހީގެ ދަށުން މިހާތަނަށް ގެސްޓްހައުސްތަކާއި ސަފާރީތަކަށް 25.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.