ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00އާއި ހަމައަށް ކ އަތޮޅުން ވ އަތޮޅަށެވެ.
Heavy rain and thunderstorms are expected. pic.twitter.com/2GBvkgbh4y
— Maldives Meteorology (@MetMaldives) April 1, 2023
މިއަދު ހެނދުނުވެސް މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި އެއް ފޫޓް ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.