މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ތްރިލޯފިލިއާ އާއެކު ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

މި މަހުން ފެށިގެން މެއި 2023އަށް ކުރިއަށްދާ މި ކެމްޕޭނުގެ މަގުސަދަކީ އިންޑިއާ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ. އަދި އަގުހެޔޮ ޗުއްޓީ ޕެކޭޖްތަކަށް އަލިއަޅުވާލާ، ރާއްޖެއިން ލިބެންހުރި ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކޮށް، އިންޑިއާ އާއި ކައިރި ފަސޭހައިން ދަތުރުކުރެވޭ 'ޝޯޓް-ހޯލް' މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުންކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިކެމްޕެއިންގައި ދިވެހިރާއްޖެއާއި ބެހޭ މައުލޫމާތު އެކުލެވޭ ލިޔުންތަކާއި ވީޑިއޯ އިޝްތިހާރުތަކާއި ގައިޑްބުކްތަކާއި އެހެނިހެން ލިޔުންތަށް ޝާއިއުކުރާނެއެވެ. މި ލިޔުންތަކުގައި ދިވެހިރާއްޖޭގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތަކާއި ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން, ސޯޝަލް މީޑިއާ ޕްރޮމޯޝަންތަކާއި، 10 އަށް ވުރެ ގިނަ ލޭންޑިން ޕޭޖްގައި ބެނަރ އިޝްތިހާރުތަކާއި، ހޯމްޕޭޖް ބެނަރ އާއި، އީ-މެއިލަރސް އަދި މި ނޫނަސް ގިނަ ހަރަކާތައް މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާނެއެވެ.

މި ކެމްޕޭނުން 3 މިލިއަނަށްވުރެ ބޮޑު ރީޗެއް ހާސިލްވާނެ ކަމަށް ލަފާކުރެވޭއިރު، ކެމްޕޭންގެ މުއްދަތުގައި 1000 ރޫމް ނައިޓް ވިއްކޭނެކަމަށް އެމްއެމްޕީއާރްސީން އަންދާޒާކުރެއެވެ.

ތްރިލޯފިލިއާ އަކީ މަންޒިލްތަކާއި ދަތުރު ތަޖުރިބާތައް ހޯދައި ބުކިންގ ހެދުމަށް، އިންޑިއާގައި ބޭނުން ކުރާ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމެވެ. ތްރިލޯފިލިއާއިން 22،000 އަށް ވުރެ ގިނަ ދަތުރު ތަޖުރިބާތަކާއި ދަތުރުތަކާއި ހަރަކާތްތަކުން ބުކިން ހަދައި އަހަރަކު 80 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނަށް ހިދުމަތްދެއެވެ.

5 މާޗް 2023 ގެ ނިޔަލަށް އިންޑިއާއިން 41،054 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާ އަކީ  ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މިއަހަރަށް އިންޑިއާ މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. މީގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި، ބޮޑެތި ފެއާތަކުގައި ބައިވެރިވުމާއި  މީޑިއާ އިންޓަވިއުތަކާއި އިޝްތިހާރު ކެމްޕޭންތައް ޓީވީ އަދި އޮންލައިން ޕްރޮގްރާމްތަކާއި އައުޓްޑޯރ އިޝްތިހާރު ކުރުމުގެ ކެމްޕޭންތައް؛ އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *