ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއި ބައްދަލުކުރައްވައިފިއެވެ.
އުއްޗުގެ ގަމަރުގިރީގައި ބޭއްވި ރޯދަ ވީއްލުމުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.
އުއްޗު ވަނީ ރައީސް ސޯލިހަށް "އިބޫ 23" ޖަހާފައިވާ ޖޯޒީއެއް ވެސް ހަދިޔާކުރައްވައިފަ އެވެ.
ރިޔާސީ އިންތިޚާބާއި ދިމާކޮށް އުއްޗުއާއިއެކު ސިޔާސީ ލީޑަރުން އަންނަނީ ބައްދަލުކުރައްވަމުންނެވެ.
ރިޔާސީ އިންތިޚާބު އޮތީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ