ކ.ތިލަފުށި ބްލޮކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ތިލަފުށީ ބްލޮކެއްގައި ރޯވި އަލިފާން، އެމް.އެން.ޑީ.އެފް މާލެއޭރިޔާ ކޮމާންޑްގެ ތިލަފުށީ ފަޔަރ ސްޓޭޝަނާއި މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން މިއަދު 14:23 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.
ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.