އައިޕީއެލް 2023 ގެ މުޅި މުބާރާތް އެންމެ 50 ރުފިޔާއަށް ބަލާލެވޭނެ އިންތިޒާމު މީޑިއާނެޓުން ހަމަޖައްސައިދީފިއެވެ.

 އެ ކުންފުނިން ބުނީ، އައި ޕީ އެލް އަށް  ހާއްސަކޮށްގެން މީޑިއާނެޓުންވަނީ "އައި ޕީ އެލް ޕެކް"ގެ ނަމުގައި މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަނަށް  ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައި  ކަމަށާއި، އައި ޕީ އެލްގެ ހުރިހާ މެޗެއް ފެނިގެންދާނީ މި ޕެކޭޖުގައި ހިމެނޭ އައިސް އެކްސްޓްރާ ޗެނަލުން ކަމަށެވެ.

ޖުމްލަ 05 ޗެނަލް ހިމެނޭ މި ޕެކޭޖުގެ އަގަކީ އެންމެ 50/- ރުފިޔާ  ކަމަށާއި އަދި މި ޕެކޭޖް މީޑިއާނެޓް ކުއިކު ޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ގަނެވޭނޭ ކަމަށްވެސް ބުންޏެވެ.

އައިޕީއެލް  އަކީ ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތެވެ. އިންޑިއަން ޕްރިމިއަރ ލީގު (އައި ޕީ އެލް) 31 މާރޗް 2023 ވާ ހުކުރު ދުވަހު ފެށޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *