ކަނޑުހުޅުދޫއިން ގެއްލިގެން ހޯދި ޒުވާނާ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، ގއ.ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރެހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވުމުން 4:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
ގެއްލުނު ފިރެހެން މީހާގެ އާއިލާ މީހުންނާއި އެކު އޭނާ ހޯދަމުން ދަނިކޮށް، ރަށުގެ ފަޅުތެރެއިން އޭނާ ދުއްވި ސައިކަލާއި އެކުގައި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ކަނޑުހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ މިހާރު އިތުރަށް ތަހްގީގު ކުރަމުންނެވެ.