އުތުރުގެ ވިއަވަތި ރާއްޖެ" މަހާސިންތާ މިއަހަރުގެ މޭމަހު  ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން, އެ  މަހާސިންތާ ކުރިއަށްދާނީ އަންނަ މޭއި މަހުގެ 12އިން 14 އަށް ހދ.ހަނިމާދޫގައެވެ. އެ މަހާސިންތާގައި، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބައިވެރިވެއެވެ.

މަހާސިންތާގެ މައިގަނޑު މަގްސަދަކީ ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

ވިއަވަތި ރާއްޖޭގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް، މިދިޔަ އަހަރުގެ މޭމަހު އއ.އުކުޅަހުގައެވެ. އަދި މީގެ ދެވަނަ ކޮންފަރެސް  ހާއްސަކުރީ ދެކުނުގެ އަތޮޅުތަކަށެވެ. އެ ކޮންފަރެންސް ބާއްވާފައިވަނީ ލ.އަތޮޅުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *