ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު

ދިވެހިރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެ ކަމަށެވެ.

ކުރިން ވިސާ ނެގުމަކާނުލައި އޮމާނަށް ދަތުރުކުރުމަށްޓަކައި ދުރާލައި ހަދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެއެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *