ބޮލީވުޑާއި ދުރަށް ދިޔައީ ފިލްމުތަކުން ފުރުސަތު ނުދީ، އެކަހެރި  ކޮށްލާފައި ބެހެއްޓުމުން ކަމަށް ބޮލީވުޑް އަދި ހޮލީވުޑްގެ ކާމިޔާބު  ބަތަލާ ޕްރިޔަންކާ  ޗޯޕްރާ ޖޯނަސް ބުނެފިއެވެ.

"އެކްޒޮޓިކް" އަދި "އިން މައި  ސިޓީ" ފަދަ އިނގިރޭސި ލަވަތަކުން، ހޮލީވުޑްގައި މަޝްހޫރުކަން ހޯދި ޕްރިޔަންކާ ވަނީ  ބޮލީވުޑް ފިލްމުތައް ކުޅުމާއި ވަރަށް ބޮޑަށް ދުރުވެފައެވެ. އެގޮތުން  ޕްރިޔަންކާ ބުނީ، ބޮލީވުޑްގެ ބައެއް ނުފޫޒު ގަދަ  މީހުންނާއި  މައްސަލަ ޖެހުމުން، ފިލްމުތަކުގެ  އޮފަރ ނުލިބޭ ކަމަށެވެ.

ޕްރިޔަންކާ ބުނީ، އިންޑަސްޓްރީ ތެރޭގައި އޭނާ އެއް ކަނެއްގައި  އެކަހެރި ކޮށްލާފައި ބެހެއްޓި ކަމަށެވެ. އަދި ފިލްމުތަކުން ފުރުސަތު ނުލިބުމާއި އެފަދަ ކަންކަމުން 'ވަރުބަލިވެގެން' ބޮލީވުޑާއި ދުރަށް ދިޔަ ކަމަށެވެ.

ޕްރިޔަންކާގެ އެވާހަކަތަކަށް ފަހު ގިނަ ބަޔަކު ދަނީ ސޯޝަލް  މީޑިއާގައި އޭނާއަށް ހިތްވަރުދީ ތައުރީފް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *