އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުން ބޭސް ފަރުވާ ކުރުމަށް އެހީ ދެވެނީ ފުދުންތެރިކަން ނެތް މީހުން ޒަކާތް ފަންޑުން އެހީ ދިނުމުގައި އުސޫލުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު މެންބަރު އިބްރާހިމް ރަޝީދު ކުރައްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް ހަރަދު ކުރަނީ އެކަމަށް އުސޫލާއި އެއްގޮތަށް ކަމަށެވެ.

އަދި ޑރ. ޒާހިރު ވަނީ ޒަކާތު ފަންޑުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލު ވެސް މަޖިލީހާއި ހިއްސާ ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު 22 މިލިއަން ފަސް ލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ ހަތްދިހަ އަށްލާރި ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި 2020 ވަނަ އަހަރު 6 މިލިއަން 3 ލައްކަ ތިރީސްފފަސް ހާސް ތިންސތޭކަ ތިރީސް ހަތް ރުފިޔާ ހަރަދުވެފައިވާކަމަށެވެ.

އަދި 2021 ވަނަ އަހަރު 7 މިލިއަން ތޭވިސް ހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ހަރަދުވެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *