މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީންގެ ސަޕޯޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ޝަރުތުތަކާއި އެކު ދޫކޮށްލައިފިއެވެ.

ފުލުހުން ޖަޒިރާ އަށް ވިދާޅުވީ މިހާރު ފުލުހުންގެ ބަންދުގައި ތިބީ 3 މީހުން ކަމަށާއި، ދޫކޮށްލާފައިވަނީ 39 އަހަރުގެ އަންހެނަކާއި، 36 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތަކަށް ހައްޔަރުކޮށްފައިވަނީ އަންހެނަކާއި 4 ފިރިހެނުންނެވެ.  މި ފަސްމީހުންގެ ތެރެއިން އަންހެން މީހާ އާއި ދެ ފިރިހެނެއްގެ ބަންދަށް ފަސްދުވަސް ޖަހާފައިވާއިރު ބާކީ ތިބި އެންމެންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން  ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހައްޔަރު ކުރީ 26 ވަނަ ދުވަހެވެ. އަދި އެ ދެމީހުން ޝަރުތުތަކާއި އެކު ދޫކޮށްލުމުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށް ފެންނާތީ އެ ދެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ކޯޓުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *