ގެރިކިރު ބޭނުންކޮށްގެން ތަފާތު ފޮ އެއްޗިހި ތައްޔާރު ކުރުމަކީ ދިވެހިންގެ މެދުގައި އާންމު ކަމެކެވެ. އެގޮތުން ގެރިކިރު ބޯކިބަލަކީ ވެސް ދިވެހިންގެ މެދުގައި އާންމުކޮށް ތައްޔާރު ކުރާ މީރު ފޮނި ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ދަޅު ގެރި ކިރު
4 ބިސް
¾ ޖޯޑު ފުށް
1 ސައިސަމުސާ ބޭކިންގް ޕައުޑަރު
125 ގްރާމް ބަޓަރު
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ބަޓަރު، ބިސް ބޯތަށްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. ދެން ގެރި ކިރު އަޅާފައި އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ފުށާއި ބޭކިންގް ޕައުޑަރު އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ.
އަދި ޓްރޭއެއްގައި ބަޓަރު ހާކާލުމަށްފަހު ގިރާފައި ހުރި އެއްޗިސް ޓްރޭއަށް އަޅާލާށެވެ. 180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރުމަށްފަހު، އަވަނަށް ލައިގެން 40 މިނެޓް ވަންދެން ފިހާނީ އެވެ. ފިހެ ވިއްޖެކަން ޔަގީންކުރުމަށް ކޭކްގެ މެދަށް އުލެއް ނުވަތަ ޓޫތު ޕިކެއް މެދަށް ހަރާލާފައި ނަގާއިރު އޭގައި ކޭކް ހަރުލާފައި ނެތްނަމަ ފިހެވުނީއެވެ.