ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް  ޓީމުން ހުޅުމާލޭގެ704 ފްލެޓު ސަރަހައްދުގައި  ޕާކެއް ހަދައި ހުޅުވައިފިއެވެ.


މި ޕާކު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެމެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފާއިއެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތާއި އެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށްތަރާވީހެއްވެސް ބާއްވާފައެވެ.


ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީންމި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއައްޓެކެވެ.

މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައިވާ މިނީ ފުޓްސަލް ދަނޑެއްވެސްހަދާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *