ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު 18 ނޮވެމްބަރު 2022 ގައި ފުލުހުން އަތުލައިގެން ފައިސާ ތަކެއް - ފޮޓޯ: ޕޮލިސް

ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައިގެން 7 ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ 23 މާޗްގައި ކަމަށާއި މިއަދު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އޭނާ ދިރިއުޅޭތަން ބަލާފާސްކުރިއިރު 5 ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *