އުރީދޫ މޯލްޑިވްސް އިން ބާއްވާ ތަފާތު އަދި މަޖާ ބަމްޕަރ ފުޓްބޯޅަ މުބާރާތް އުރީދޫ ބޯކި ބޯޅަ މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫބޯކީ ބޮޅާ މުބާރާތް މިއަދު އިއުލާން ކޮށްފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހެއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެއެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކު އެވެ.
ބަމްޕަރ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރ ވެވޭނެއެވެ. ރެޖިސްޓަރ ވުމަށް http://ore.do/bokiboalha ޒިޔާރާތްކުރައްވާށެވެ.
މިމުބާރާތަށްރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވާއިރު، މި މުބާރާތް ބޭއްވުމަށްހަމަޖެހިފައިވަނީ 6 އޭޕްރީލް އިން 8 އޭޕްރިލް 2023 އަށެވެ.
މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ވަނީއިންތިޒާމުކުރެވިފައެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފިނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއިގިނަވެގެން 3 އޮފިޝަލުން ތިބެންޖެހެއެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިންބޭނުންވާނެ އެވެ.
މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިންމިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރަމަޟާން މަހު އެންމެ ގިނަބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފައެވެ. އެހެންނަމަވެސް ކަސްޓަމަރުނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށްމަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އުރީދޫމޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައްވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.
އުރީދޫ މޯލްޑިވްސް އަދި މާޒިޔާއިން އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވައެވެ. ދުނިޔޭގެ އެންމެމަގުބޫލު ކުޅިވަރު މުޅިން އާ ގޮތަކަށް ކުޅެލުމަށް އުރީދޫ ބޯކީ ބޮޅާ މުބާރާތުގައި އަވަހަށް ރެޖިސްޓަރ ކުރައްވާށެވެ.