ތިލަފުށީ ފަޅުގައި އަޅާ އުޅަނދުތަކާއި މެދު އަމަލުކުރާނެ އުސޫލު އާންމުކޮށްފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ، ތިލަފުށީ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައި ހުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

އެހެންކަމުން، އެކަމަށް ހައްލެއް ހޯދުމަށް،މިހާރު ވާނީ އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފައި ކަމަށާއި  އެ އުސޫލު ގެޒެޓު ކުރި ތާރީޚުން ފެށިގެން އަމަލުކުރަން ފަށާނެ  ކަމަށްވެސް އެޗްޑީސީއިން ބުންޏެވެ.

އެޗްޑޯސީ އިން އާންމުކޮށްފައިވާ އުސޫލުގައި ވާނީ އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށް ވެސް ބެލޭނެއެވެ. މި ނޫން ވެސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީންކުރާނެ ގޮތްތައް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ އެޗްޑީސީ އިން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ  ކަމަށްވެސް  އެ  ކުންފުނިން  ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *