ޖަޒީރާ ރެސިޕީގައި މިއަދު މި ގެނެސްދެނީ ދިވެހިންގެ ތެރޭގައި ވަރަށް ޒަމާންވީ އަދި އެހާމެ މަގްބޫލު އެއްޗެއް ކަމަށްވާ ރިހާކުރުފޮޅި ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި
1/2 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް މުގުރާފައި)
1/2 އަދައިގެ ފުށް
3 ބިސް
1/2 ޖޯޑު ރިހާކުރު
1 މަސްދަޅު
1/2 ސައިސަމުސާ ދިރި (މުގުރާފައި)
1/4 ސައި ސަމުސާ ރީންދޫ
1/3 ޖޯޑު ކާށި ހުނި
1/2 ލުންބޯ
1/2 ޖޯޑު މުރަނގަފަތް
1/4 ޖޯޑު ފެން
3 ބިސް
1 ފިޔާ
6 ހިކަނދިފަތް
1 ގިތިޔޮ މިރުސް
ތައްޔާރު ކުރާނެގޮތް
ފިޔާ، ހިނދިފަތް އަދި މިރުސް ތުނިކޮށް ކޮށާލުމަށްފަހު ލުބޯ ހުތް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު އިނގުރު، ދިރި އަދި ހުނިކޮޅުވެސް އެއްކޮށްލާށެވެ. އަދިމަސްދަޅު އަޅާއިގެން ރަނގަޅަށް މޮޑެލާށެވެ. ދެން ބިހާއި ހަނޑޫފުށާއި އާދައިފުށާއި ފެން ފޮދު އަދި ރިހާކުރާއި މުރަނގަ ފަތްކޮޅުވެސް އެއްކޮށްލާށެވެ.
ދެން ތަވާ އުނދުން މައްޗަށް އުދުމަށްފަހު ރަނގަޅަށް ހޫނުވަންދެން ބަހައްޓާށެވެ. ސަމުސަލެއް ނުވަތަ އުނދުޅިއަޅުން ގިރާފަ ހުރި ފުށްކޮޅު ފަހަރަކު އުނދުޅިއެއް ތަވަޔަށް އަޅަމުން މަޑު ގިނީގައި ފަހަރަކު ފޮޅިއެއް ފިހެލާށެވެ. ފޮޅި މެދުން ފަތްޖަހާލާފައިވެސް ބެހެއްޓިދާނެއެވެ. ފިހެމުންދާވަރަކަށް އޮޅާވެސް ލެވިދާނެއެވެ.