ހައިކޯޓުގެ ފަނޑިޔާރުކަމަށް 4 ބޭފުޅުން ކުރިމަތިލައްވައިފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިމިމަހުގެ 13 ވަނަ ދުވަހު ކޮށްފައިވާއިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
އެ ހަތަރު ބޭފުޅުންނަކީ:
- މަރްޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ
- މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް, ގދ.ގައްދޫ
- ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ
- މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އެންމެ ފަހުން އައްޔަންކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި އަހުމަދު ޝަކީލެވެ.