ތިލަފުށި ފޭސް ދޭއް ހިއްކުމުގެ މަސައްކަތް

ތިލަފުށީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި އިތުރަށް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭނުންވާ ސަރަހައްދު ހިއްކާ ވެލި އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށާފައވާ ކަމަށެވެ.

އެޗްޑީސީން ބުނީ ތިލަފުށި ފޭސް 2ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މި މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ސަރަހައްދު ހިއްކުމަށް ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *