ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބެލުން މަދުވުމަކީ ފަނޑިޔާރުންގެ ސްލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާކަމުގެ ހެއްކެއް ކަމަށް ޖޭއެސްސީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ކޮމިޝަންގެ ރައީސް ހިސާން ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތައް ވެސް، އެ މައްސަލަ އަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި ކަމެއް ނަމަ އެ ކަމެއް ހައްލުކުރަން މަސައްކަތް ކޮށްފައި ވާނެކަމަށެވެ. އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު ތަން ދޭ އެންމެ ފުޅާ މިންވަރަކަށް އެ ކަމެއް ހައްލުކުރަން ބާރުއަޅައި މަސައްކަތް ކޮށްފައި ވާނެކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ 2022 ވަނަ އަހަރު ޖޭއެސްސީއަށް 392 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެއީ ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ކަމަށެވެ. އޭގެ ތެރެއިން 15 މައްސަލައެއް ބަލަން ނިންމި ކަމަށެވެ.
2021 ވަނަ އަހަރު ނިމުނު އިރު އެ ކޮމިޝަނުން ބަލަންޖެހޭ 55 މައްސަލަ އޮތް އިރު މިދިޔަ އަހަރު ކޮމިޝަނުން ވަނީ މިދިޔަ އަހަރު ބަލަން ނިންމި ފަނަރަ މައްސަލަ އާ އެކު ޖުމްލަ 46 މައްސަލަ ބަލާ ނިންމާފައެވެ.