ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ

ފިޔަވަޅު އެޅުމަކީ ފޮނިކަމާއި ހިތިކަން އެކުލެވޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ރައީސްގެ އެންގެވުމަށް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، އެ މަގާމުން ވަކިކުރައްވާފައި ވަނިކޮށް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔަވަޅު އެޅުއްވުމަކީ ހިތާމަ އާއި ފޮނިކަން އެކުލެވިގެންވާ ކަމެއްކަން ރައީސް ސޯލިހަށް ރަނގަޅަށް އެނގިވަޑަައިގަންނަވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ކޮންމެހެން އަޅުއްވަންޖެހޭ ފިޔަވަޅެއް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަޅުއްވާނެކަން އެމަނިކުފާނު ދަންނަ ބޭފުޅުންނަށް އެނގޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އޭގައި އެކުލެވޭ އެއްޗެއްކަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަަވަޅެއް އަޅުއްވާނެ ކަން ރައީސް ދަންނަ މީހުންނަށް އެނގޭނެ. ކޮންމެ ކަމެއްގައި ވެސް، ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު."

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، އެ މަގާމުން ވަކި ކުރަން އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވި އެންގެވުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ތަންފީޒުކޮށް އެސްޓީއޯ ހިންގުން ވަގުތީ ގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު ނިޒާމް އާއި ވަނީ ހަވާލު ކޮށްފައެވެ.

އަމްރު މަގާމުން ވަކިކުރަށްވާފައިވަނީ ސަރުކާރާއި ދެކޮޅަށް ފާޅުގައި ނިކުންނަވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އޭނާ މަސައްކަތް ކުރަށްވަން ފައްޓަވާފައިވަނިކޮށެވެ. އޭނާ ވަނީ އެ ފެކްޝަނުގެ ފަރާތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ބޭއްވި ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *